ތައްޔާރުވޭ lyrics

by

Unknown Author


[Intro]
ދުނިޔެމީ ދަތުރެކޭ ހިނދުކޮޅެއްގާ ނިމޭ

[Chorus]
ދާއިމީ ދުނިޔެއަށް ވާށެ ތައްޔާރު ދާން

[Post-Chorus]
ދުނިޔެ ދައްކާ ދަޅައިން ހެއްލިގެން ތިޔަ ދިޔާ
ކޮން ކަމެއްހޭ ކުރީ ދާއިމީ ދުނިޔެ ދާން

[Verse 1]
ދުނިޔެ އައި ވަގުތުގާ ރޯލާރޯލާ އޮތޭ
ސާފު ޠާހިރު ކަމާއެކުގަ ނޭވާ ލިޔޭ

[Verse 2]
ދުނިޔެ އައިސް ހީމަޖާކޮށް ތިބާ ވަކިވިޔޭ
ދާއިމީ ދުނިޔެދާން ހުސްއަތާ ވަކިވިޔޭ

[Refrain]
އަޖަލު އައިމާ އެކަން ލަސްނުވޭ ދާންޖެހޭ

[Chorus]
ދާއިމީ ދުނިޔެއަށް ވާށެ ތައްޔާރު ދާން

[Verse 3]
މަރުވެޔޭ ދުނިޔެއަށް ރޫހް ނޭވާނުލާ
ދުނިޔެ އައުމުގެ ކުރިން އަޖަލު އައިސް ގެންދެޔޭ
[Verse 4]
މަރުވެޔޭ ޅަފަތުގާ ދުނިޔެއަށް ހޭނުލާ
ދުނިޔެ އައުމާއެކީ ލޯމަރާލާ ދެޔޭ

[Refrain]
އަޖަލު އައިމާ އެކަން ލަސްނުވޭ ދާންޖެހޭ

[Chorus]
ދާއިމީ ދުނިޔެއަށް ވާށެ ތައްޔާރު ދާން

[Outro]
ދުނިޔެ ދައްކާ ދަޅައިން ހެއްލިގެން ތިޔަ ދިޔާ
ކޮން ކަމެއްހޭ ކުރީ ދާއިމީ ދުނިޔެ ދާން
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net